އެކިއެކި ދާއިރާތަކުން އިންޑިއާ އަށް ހިދުމަތްކޮށް ދިނުމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް އިންޑިއާ ސަރުކާރުން ދޭ އެންމެ މަތީ އެވޯޑް އެ ގައުމުގެ ފުރަތަމަ ސްޕަސްޓަ މަރުހޫމް ރާޖޭޝް ކަންނާ އަށް އަރުވައިފި އެވެ.
ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހު، އިންޑިއާގެ ފިލްމީ ދާއިރާ އަށް 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ރާޖޭޝް ކަންނާ، 69، މަރުވީ ޖުލައި 18، 2102 ގަ އެވެ. އެކްޓަރެއްގެ އިތުރުން ކަންނާ ވަނީ ފިލްމް ޕްރޮޑިއުސްކޮށް، ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވެފަ އެވެ.
އޭނާ އަށް ޕަދްމަ ބުޝަން އަރުވާފައި ވަނީ މިއަދު ފާހަގަ ކުރަމުން އަންނަ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ ތެރެއިންނެވެ.
ރާޖޭޝް ކަންނާ ފިލްމީ ދުނިޔެ އަށް ތައާރަފްވީ 1966 ގެ "އާހިރީ ޙަތު" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ކާމިޔާބް ވަރަށް ގިނަ ފިލްމްތަކެއް ކުޅެފަ އެވެ.
އޭގެ ތެރޭގައި "އަރާދަނާ"، "ސަފަރް"، "ދޯ ރާސްތޭ"، "ދާގް"، "އާނަންދު" ފަދަ ފިލްމްތައް ހިމެނެ އެވެ.
ރާޖޭޝް ކަންނާއަކީ ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ފިރިމީހާ އެވެ. އަދި ކުރީގެ ދެ ބަތަލާ އިން ކަމަށްވާ އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ އާއި ރިންކީ ކަންނާގެ ބައްޕަ އެވެ.