ރީފްސައިޑް އިލެކްޓްރޯނިކްސްއިން ރާއްޖެ އެތެރެކުރާ މަޝްހޫރު ވާޕޫލް ބްރޭންޑުގެ ރެފްރިޖިރޭޓަރަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ފަރީދީ މަގުގައި ހުންނަ ރީފްސައިޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަނާއި ގުޅޭ ގޮތުން ރީފްސައިޑްގެ މާކެޓިން އެގްޒެކަޓިވް މުހައްމަދު އަހުސަން ވިދާޅުވީ މިޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ވާޕޫލް ރެފްރިޖިރޭޓަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
އަދި ގަންނަ ކޮންމެ ރެފްރިޖިރޭޓަރަކާ އެކު ހިލޭ ގިފްޓެއްގެ ގޮތުގައި ޓޯސްޓަރެއް ލިބޭނެ ކަމަށް އަހްސަން ވިދާޅުވިއެވެ.
ރޯދަމަހަށް ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރީފްސައިޑްއިން މި ފެށި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ވާޕޫލް ހައިއެންޑް ރެފްރިޖިރޭޓަރަކާއި އެލްޖީ ބްރޭންޑުގެ ދޮންނަ މެޝިނަކާއި ސޮނީ ޕްލޭސްޓޭޝަން ފޯއަކާއެކު ބައެއް ގޭމުތައް ހިލޭ ލިބޭނެ އެވެ.
ވާޕޫލް ބްރޭންޑުގެ ރެފްރިޖިރޭޓަރުގައި ފްރެޝް ކޮންޓްރޯލް ނަމަކަށް ކިޔާ ޓެކްނޮލޮޖީއެއް ހިމަނާފައިވާއިރު މީގެ ސަބަބުން ފްރިޖަށްލާ މޭވާ އާއި ތަރުކާރީ ތާޒާކަމާއެކު ގިނަ ދުވަހަށް ގެންގުޅެވެއެވެ.
ވާޕޫލް ފްރިޖްގައި އައިސް ކަނޑުވަން ހާއްސަ ފީޗާއެއް ހިމަނާފައިވާ އިރު އޭގެ ސަބަބުން ފްރިޖްގެ ތެރޭގައި ބެކްޓީރިއާ އުފެދުނަ ނުދީ ހިފަހައްޓައިދެއެވެ.