Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު

ކުލި ނުދައްކާ ކަމަށް ބުނެ ރިޔާޒު ގޮވައިގެން ނާޒިމް ކޯޓަށް!

ކުލީގެ ފައިސާ ނުދައްކާކަމަށް ބުނެ ވިލުފުށީ ދާއިރާގެ މެމެބްރު ރިޔާޒު ރަޝީދު ގޮވައިގެން ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފިއެެވެ.

ނާޒިމް ރިއާޒު ރަޝީދު ގޮވައިގެން ކޯޓަށް ގޮސްފައިވަނީ 2011 ވަނަ އަހަރުން މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް ނާޒިމްގެ އަމިއްލަގެ ކަމަށްވާ މ. ނިޔަދުރުގޭގެ 5 ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަށްވާ ފައިސާ ނުދައްކާ ކަމަށް ބުނެއެވެ.

މި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނިމިފައިވާ އިރު މާދާމާ ހެނދުނު 10:15 ގައި މި މައްސަލައިގެ ޝަރީއަތްވަނީ ސިވިލް ކޯޓުގައި ތާވަލްކޮށްފައެވެ.

ރިޔާޒު ރަޝީދު ގޮވައިގެން ކުރީގެ މެމްބަރު އަހްމަދު ނާޒިމް މައްސަލަ ކޯޓަށް ވައްދާފައިވާ އިރު ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ރިޔާޒު ރަޝީދުގެ އަޑުވަނީ ވަރަށް ބޮޑަށް މަޑުވެފައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން "ހެއްވާ" ޓްވީޓްތައް ރިޔާޒު ރަޝީދުެގ ފަރާތުން ކުރައްވާ މަންޒަރު ފެނެއެވެ.