Last Updated: June 12, 11:16
Friday, June 12, 2026

މިދިޔަ އަހަރުގެ އެންމެ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދި ޔެއާ (ސޮޓީ) މިއަދު ސޮނީ ޓީވީން ފުރަތަމަ ފަހަރަށް ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅިގެން ސޮނީން ގެނެސްދޭ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން "ސޮޓީ" ދައްކަން ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން 3:30 ގަ އެވެ.

މި ފިލްމަކީ މުޅިން ވެސް ޝާހްރުކް ހާން ހިމަަނައިގެން ފިލްމް ޑައިރެކްޓް ކުރުމަށް މަޝްހޫރު ކަރަން، ޝާހްގެ ބަދަލުގައި މުޅިން އާ ތަރިން ހިމަނައިގެން ގެނެސް ދިން ފިލްމެވެ. މި ފިލްމް އިންޑިއާގައި ރިލީޒްކޮށްފައި ވަނީ އޮކްޓޯބަރު 19 ގަ އެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި މުޅިން އާ ތަރިން ހިމަނައިގެން ބޮޑު ކާމިޔާބީއެއް ހޯދި "ސޮޓީ" ގައި ލީޑް ރޯލް ކުޅެފައި ވަނީ ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ހަގު އަންހެން ދަރިފުޅު އާލިއާ ބަޓް އާއި ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިފުޅު ވަރޫން ދަވަންގެ އިތުރުން ސިދާތު މަލްއުތުރާ އެވެ.

މީގެ އިތުރުން މި ފިލްމްގައި ރިޝީ ކަޕޫރާއި ޓީވީގެ ސްޕަސްޓް ރޯނިތު ރޯއި (ބަޖާޖް) ވެސް މުހިއްމު ރޯލެއް އަދާކޮށްފައިވެ އެވެ.