Last Updated: May 7, 16:43
Wednesday, May 7, 2025
ޚަބަރު

ގަމުގެ ޒުވާނުންގެ މަރުކަޒުގެ ފުރާޅުން ބައެއް އެއްލާލައިފި

ގައައްޑު އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވުމާ ގުޅިގެން މުގެ ހުންނަ ޒުވާނުންގެ މަރުކަޒުގެ ފުރާޅުން ބައެއް އެއްލާލައިފި އެވެ.

މި ޒުވާނުންގެ މަރުކަޒުގެ އެއްލާލައިފައި ވަނީ އެތަނުގެ އެކްރޮބެޓިކްސް ކްލާސް ޖެހިގެން އޮންނަ މާލަމުގެ ފުރާޅެވެ. މި ހާދިސާ ހިނގި އިރު ޒުވާނުންގެ މަރުކަޒުގައި ތިބި ބައެއް މީހުންވަނީ ފުރާޅު އެއްލާލާފައިވާ ހިސާބު ދޫކޮށް މަރުކަޒުގެ އޮފީހަށް ވަދެ ހިޔާ ހޯދައިފަ އެވެ.

އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާއެއް ލިބިފައި ނުވާއިރު ފުރާޅު އެއްލާލި މާލަމަށް ވާރޭގެ ސަބަބުން ގެއްލުންތަކެއް ވާނެކަމަށް އޮފީހުގެ މުވައްޒަފަކު 'އައްޑޫ ލައިވް' އަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަ ވުމާއެކު ބައެއް ގޭގޭގެ ފުރާޅު އެއްލާލައި ގޯތިތެރޭގައި ހައްދާފައި ހުރި ބޮޑު އަނބު، ޖަނބުރޯލު ފަދަ ގަސްތައްވެސް ވެއްޓިފައިވެ އެވެ.

ރާއްޖޭގެ ގިނަ ހިސާބުތަކަށް މިހާރުވަނީ ޔެލޯ އެލާޓުވެސް ނެރެފައެވެ. ކަނޑު ދަތުރުކުރުމުގައި ސަލާމަތްތެރިވުމަށާއި ދުއްވާފައިދާ ފަރާތްތަކުން ވެސް ސަލާމަތަށް އިސްކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.