މެންޗެސްޓާ (ޖެނުއަރީ 26) – އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލެސް އަށް ކުޅެމުން ދިޔަ އިންގްލެންޑްގެ އުންމީދީ ވިންގާ ވިލްފްރެޑް ޒަހާ މެންޗެސްޓާ ޔުނައިޓެޑާ ގުޅިއްޖެ އެވެ.
މެންޗެސްޓަ ޔުނައިޓެޑުން ބުނީ ޒަހާ، 20، ޔުނައިޓެޑަށް ބަދަލުވީ 10 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. ހަބަރުލި ބޭ ގޮތުގައި ޒަހާ ވަނީ ޔުނައިޓެޑްގެ މެޑިކަލް އިއްޔެ ހަދާފަ އެވެ.
ޒަހާ ވަނީ އެ ކްލަބާ އެކު ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް މި ސީޒަނުގައި އޭނާ ހުންނާނީ ކްރިސްޓަލް ޕެލެސްގަ އެވެ، އަދި އަންނަ ސީޒަނުގައި އޭނާ މެންޗެސްޓަ އަށް ބަދަލުވާނެ އެވެ.
ކްރިސްޓަލް ޕެލެސްގެ ޔޫތު އެކަޑަމީން ތައްޔާރުކުރި ޒަހާ ވަނީ މިދިޔަ ސީޒަންގައި ފުޓްބޯލް ލީގުގެ އެންމެ އުންމީދީ ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.
އިންގްލެންޑްގެ ގައުމީ ޓީމުން ވެސް ދާދި ފަހުން ޖާގަ ހޯދި ޒަހާ ވަނީ ކްރިސްޓަލް ޕެލެސް އަށް މިހާތަނަށް ކުޅުނު 124 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ.