Last Updated: April 24, 21:06
Wednesday, April 24, 2024
ޚަބަރު

އައްޑޫ ފްލެޓްތައް ސެޕްޓެމްބަރުގައި ހަވާލު ކުރަނީ

ހިތަދު އާއި ހުޅުމީދޫގައި މިހާރު އިމާރާތް ކުރަމުން އަންނަ ފްލެޓްކުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވި ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް "އައްޑޫ ލައިވް" އަށް ވިދާޅުވީ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތެރޭގައި އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހިިތަދޫގައި އަޅާ ފްލެޓްތަކަށް އައްޑޫގެ ގުޅިފައިވާ އަނެއް ތިން އަވަށުގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އެގޮތުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނަށް ފްލެޓްތަކުން ވަކި އަދަދެއް ވަނީ ހާއްސަކޮށްފަ އެވެ.

ހިތަދޫގައި އިމާރާތް ކުރަނީ 264 ފްލެޓެވެ. ހުޅުމީދޫގައި އަޅަނީ 48 ފްލެޓެވެ. މި ފްލެޓްތްކަކީ ތިން ކޮޓަރި އާއި ދެ ކޮޓަރި ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ފްލެޓްތަކެކެވެ.

ފައިސަލް ވިދާޅުވީ ދެ ސަރަހައްދުގައި ވެސް ފްލެޓްތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ކުރިން ކަނޑައެޅި މުއްދަތަށް ވުރެ މާ ކުރިން ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

ހިތަދޫ ފްލެޓްތަކުގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތުގެ 90 ޕަސަންޓް މިހާރު ވަނީ ނިމިފަ އެވެ.