Last Updated: July 11, 06:01
Saturday, July 11, 2026
މުނިފޫހިފިލުވުން

ސްޓެތަމްގެ "މެގް" ރިލީޒް ކުރާނީ 2018 ގައި

ޖެސަން ސްޓެތަމް ނޭވަލް ކެޕްޓަންއެއްގެ ރޯލް އަދާ ކުރާ ފިލްމް "މެގް" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

"ޓްރާންސްޕޯޓާ" ގެ އެކްޓަރު ލީޑް ރޯލް ކުޅޭ "މެގް" ގެ ޝޫޓިން ވެސް ނުފަށަނީސް، ފިލްމު ރިލީޒް ކުރާ ތާރީހު އިއުލާން ކުރުމަކީ ސްޓެތަމްގެ ފޭނުންނަށް ލިބޭ ހިތްހަޖެހުމެއް ކަމަށް ބެލެވެ އެވެ.

އެ ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މާޗް 2018 ގަ އެވެ.

"މެގް" އަކީ ސްޓީވެން އަލްޓެން ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެެކެވެ. ވާހަކައިގައި ކިޔައި ދޭނީ ނުރައްކާތެރި މިޔަރުތަކަކާ ކުރާ ހަނގުރާމައެކެވެ.

ފިލްމު ޑައިރެކްޓް ކުރާނީ ޖޮން ޓާޓަލްޓޯބް އެވެ.

ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ޗައިނާ އާއި ނިއުޒިލަންޑްގަ އެވެ. މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ވަނީ ތާވަލްކޮށްފަ އެވެ.