Last Updated: May 8, 06:04
Wednesday, May 8, 2024
ކުޅިވަރު

ފޭދޫ ބޯޅަ ދަނޑު އެހެން ދިމާލަކަށް ބަދަލުވެދާނެ!

ފޭދޫ ބިން ހިއްކައި އެންމެ ފަހުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ތަރައްގީގެ ކަންކަން ކުރިއަށް ގެންދާ އިރު، ފޭދޫ ރަސްމީ ބޯޅަ ދަނޑު މިހާރު އޮތް ތަނުން އެހެން ދިމާއަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދ ފައިސަލް "އައްޑޫ ލައިވް" އަށް ވިދާޅުވީ ފޭދޫ ބޯޅަ ދަނޑު މިހާރު އެ އޮތީ ރަށުގެ ވަރަށް ޕްރައިމް ލޮކޭޝަންއެގައި ކަމަށެވެ.

އެ ސަރަހައްދުގެ ބޭނުން ވިޔަފާރީގެ ބޭނުމަކަށް އިގުތިސާދީ ގޮތުން ރަށަށް މާ ބޮޑަށް ވެސް ފައިދާ ކުރާނެ ގޮތަކަށް ބޭނުން ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިސްނުން މިހާރު ހުރީ ފޭދޫން އަލަށް ހިއްކަމުން އަންނަ ބިމުގެ ސަރަހައްދެއްގައި ރަސްމީ ފުޓްބޯޅަ ދަނޑު ބަދަލު ކުރުން ކަމަށެވެ.

YTGJK

އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ހުރިހާ ފަރާތްތަކެއްގެ ހިޔާލު ވެސް ހޯދާނެ ކަމަށް ވިދާޅުވި އެވެ.

"ސްޕޯޓްސް އެރީނާ ގާއިމު ކުރެވިގެން ދާނީ ހިއްކި ބިމުގައި. އެހެންވީމާ އެތަމުގައި ހުރިހާ ކުޅިވަރެއް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަ އިރު، ބޯޅަ ދަނޑު ވެސް އެރީނާގައޮ އޮތުމަކީ މާ ރަނގަޅު ގޮތަކަށް ވާނީ،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޅަ ދަނޑު އޮތް ސަރަހައްދަކީ އެއާޕޯޓް އޮތް ގަމާ ފޭދޫ ގުޅުވައިދޭ މޫނުމަތި ކަމަށާއި އެ ސަރަހައްދުގައި ފެންވަރު ރަނގަޅު ތަރައްގީކޮށްފި ނަމަ މާ ބޮޑަށް ވެސް ރަނގަޅު ވާނެ ކަމަށެވެ.

FJHGH (9)

ފައިސަލް އަދި ވިދާޅުވީ ފޭދު އާއި ގަމާ ދޭތެރެއަކީ ޔޮޓްފަހަރު ވެސް ބަނދަރު ކުރާ ތަނަކަށްވާތީ، ޔޮޓްތަކެއް ހިދުމަތް ދެވޭނެ ފެސިލިޓީތަކެއް ވެސް އެ ސަރަހައްދުގައި ކުރިއަށް އޮޮތް ތަނުގައި ގާއިމު ކުރެވިގެން ދާނެ ކަަމަށެވެ.