Last Updated: April 30, 16:53
Wednesday, April 30, 2025
ކުޅިވަރު

ހުޅުމީދޫގައި ނެޓްބޯޅަ އަމްޕަޔަރިން ކޯހެއް ފަށައިފި

އައްޑޫ ސިޓީ ޕޮލިހާއި ޔޫތު މިނިސްޓްރީ ގުޅިގެން ހުޅުމީދޫގައި ނެޓްބޯޅަ އަމްޕަޔަރިން ކޯހެއް ފަށައިފި އެވެ.

އަންހެނުންނަށް ހާއްސަ ނެޓްބޯޅަ އަމްޕަޔަރިން މި ކޯހަކީ ލެވަލް އެކެއްގެ ކޯހެކެވެ.

ހުކުރު ދުވަހު ފެށިގެން މި މަހުގެ 27 އާ ހަމައަށް ކުރިއަށްދާ އިރު ކޯހުގައި ހުޅުމީދޫން 27 ފަރާތަކުން ވަނީ ބައިވެރިވެފައިވެ އެވެ.

މި ކޯހުގައި ނެޓްބޯޅައިގެ ގަވާއިދާއި ނެޓްބޯޅަ ކޯޗިން އަށް ބޭނުންވާ އެހެން ބައިތައް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޯހުގައި ކިޔަވައި ދެނީ މޯލްޑިވް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްފޯޓްސްގެ ތަޖުރިބާކާރު މުދައްރިބުންނެވެ.