"ބަޢާވަތް މަ ކުށްވެރި ކުރަން" ގެ ނަމުގައި އެމްޑީޕީން މިހާރު ހިންގަމުން އަންނަ ހަރަކާތުގެ ތެރެއިން މަރަދޫފޭދޫ އެމްޑީޕީ ޖަގަހާގައި ވަރަށް ހާއްްސަ ބައްދަލުވުމެއް އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީގެ އައްޑޫ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސޮބްރީ މިއަދު ވިދާޅުވީ މިރޭ 9:00 ގައި މަރަދޫފޭދޫގައި ބާއްވާ ބައްދަލުވުމުގައި އެމްޑީޕީ އައްޑޫގެ ހުރިހާ ދާއިރާތަކުގެ ހިންގާ ކޮމިޓީގެ ބޭފުޅުން ވެސް ބައިވެރިވާނެ ކަމަށެވެ.
އަންނަ މަހުގެ ތެރޭގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ވެސް ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު މި މަހުގެ 29 ގައި ކެމްޕޭން ހާއްސަ ހަރަކާތްތަކެއް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
"ބަޢާވަތް މަ ކުށްވެރި ކުރަން" ގެ ނަމުގައި އިއްުޔެ ހަވީރު ހިތަދޫގައި ވެހިކަލް ބުރެއް ވެސް ބާއްވާފައިވެ އެވެ.