Last Updated: May 7, 16:43
Wednesday, May 7, 2025
ކުޅިވަރު

200 މީޓަރުގެ ގައުމީ ރިކޯޑް ސާއިދު އާކޮށްފި

ޖެމެއިކާގައި މިހާރު ކުރިއަށްދާ ޖެމެއިކަން އެތްލެޓިކްސް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 200 މީޓަރު ދުވެގެން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ގައުމީ ރިކޯޑު އާކޮށްފި އެވެ.

މި ރިކޯޑު ކުރިންވެސް ހަދާފައިވާ ސާއިދު މި ފަހަރު ރިކޯޑް އާކޮށްފައި ވަނީ 20.81 ސިކުންތުން ރޭސް ނިންމާލައިގެންނެވެ.

ސަތޭކަ މީޓަރުގެ ގައުމީ ރިކޯޑުވެސް ސާއިދު ހަދާފައިވާ އިރު އޭނާ އަކީ ދުވުމުގެ ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުން މަތީ ވަނަތައް ހޯދައި ރާއްޖެ އަށް ފަހުރުވެރި ވަނަތަށް ގެނެސްފައިވާ ދުވުންތެރިޔެކެވެ.

އެގޮތުން މިދިޔަ އަހަރު ބޭއްވުނު އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މީޓަރުން ރިހި މެޑަލް ހޯދާފައިވެ އެވެ.