Last Updated: October 21, 22:25
Thursday, October 21, 2021
ޚަބަރު

މަސްތުވާތަކެއްޗާ އެކު ހުޅުދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ހަތަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅަކާ އެކު ދެ މީހަކުހުޅުމީދޫން ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މއައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ ރަށުތެރެ ޕެޓްރޯލް ކުރަން ހަރަކާތްތެރިވި ހުޅުމީދޫ ޕޮލިހުންނަށް އެ މީހުން އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން އާދީއްތަ ދުވަހު އެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކާއި ފިލްމު ހުސްކުރި ދަޅު ފެނިފައި ވަނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު 20 އަހަރުގެ މީހާގެ އަތުން ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.