Last Updated: June 6, 11:03
Saturday, June 6, 2026
ޚަބަރު

ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑް ކުރަނީ

އެންވަޔަރަންމަންޓް މިނިސްޓްރީން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ދަށުން ހުޅުމީދޫގައި ގާއިމުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ިމިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަަކަށް މިހާރު އަންނަނީ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީކޮށް ދެމުންނެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހެ އެވެ.