Last Updated: April 26, 15:02
Friday, April 26, 2024
ރިޕޯޓް

ހަންކެޑެ ބީޗްގައި ލައިފް ގާޑުން: ލަސްވެފައި އޮތް ކަމެއް!

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުން އެންމެ ގިނައިން ޕިކްނިކަށް ދާ އެއް ސަރަހައްދަކީ، ހަންކެޑެ ބްރިޖް ސަރަހައްދެވެ. ކޮންމެ ޗުއްޓީ އަކާއި ދިމާކޮށް އެހިސާބަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުދާކަން ފާހަގަކޮށްލެވެ އެވެ.

އެހެން ނަމަވެސް އެ ސަރަހައްދަށް ދަތުރު ދާ ފަރާތްތަކުން މޫދަށް އެރި އުޅޭއިރު އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅިފައެއް ނުވެ އެވެ.

އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅު ކުރަމުން ދިޔަ ނަމަވެސް ހައްލެއް ހޯދުމުގެ ވާހަކަތައް އަބަދުވެސް ދެކެވެ އެވެ.

ފޭސްބުކް ސްޓޭޓަސް ތަކުން ފެށިގެން ކަމާއި ބެހޭ އިދާރާތަކުގެ ބައްދަލުވުންތަކާ ހަމައަށެވެ.

ތަފާތު އެކި ސަބަބުތަކާއި ހުރެ އެއީ މިހާތަނަށް ނުކުރެވިފައި އޮތް ކަމެކެވެ. ހަމަ އެންމެ ސަބަބަކާ ހުރެ އެވެ. އިސް ނަގާނެ ބަޔަކު ނެތިގެންނެވެ.

އެހެން ނަމަވެސްފޭދޫ މެޖެންޓާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ފަރާތުން މި ވަނީ އެކަމުގައި އިސްނަ ގައިގެން ހިލޭ ސާބަހަށް އެ ޖަމިއްޔާގެ ފަރާތުން ހަންކެނޑެ ބްރިޖް ސަރަހައްދުގައި ލައިފް ގާޑުން ބޭތިއްބުމަށް މިވަނީ ނިންމައިފަ އެވެ.

މިއީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަން ޔަޤީނެވެ.

ހަންކެޑެ ސަރަހައްދުގައި ލައިފްގާޑުން ބޭތިއްބުމާއި ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާކޮށްފައި ވަނީ މެޖެންޓާ ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން.

ލައިފް ގާޑުންނަށް ތަމްރީނު ދީފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން.

ފުލުހުން ވެސް ލައިފް ގާޑުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވޭ.

ލައިފްގާޑުން ހަންކެޑެ ސަރަހައްދުގައި ތިބުމުގައި ހިނގާ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ކައުންސިލުގެ ފަރާތުން.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަންކެނޑެ ސަރަހައްދުގައި ލައިފްގާޑުން ބޭތިއްބުމާއި ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާކޮށްފައި ވަނީ މެޖެންޓާ ޖަމިއްޔާގެ ފަރާތުން އިސްނަގައިގެންނެވެ. ކައުންސިލުގެ ފަރާތުން ވަނީ، ލައިފް ގާޑުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައެވެ.

އަދި ލައިފް ގާޑުން ހަރަކާތްތެރިވާއިރު ހިނގާ ހުރިހާ ހަރަދެއް އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުލުހުން ވެސް ބައެއް ސާމާނު ފޯރުކޮށްދީފައި ވާއިރު، ލައިފް ގާޑުން ތަމްރީނު ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިޔާގައި މަސައްކަތް ކުރާ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޖޫން 1 އިން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ހަންކެޑެ ސަރަހައްދުގައި ލައިފް ގާޑުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6 އިން ފެށިގެން ހަވީރު 6 ޖަހަން ދެން ހަރަކާތްތެރިވާނެ

"އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން މެޖެންޓާ ޖަމިއްޔާގެ މެންބަރެއް ކަމުގައިވާ މާއިޝް މުހައްމަދު ބުނި ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ ނިޔަލަށް ހަންކެޑެ ސަރަހައްދުގައި ލައިފް ގާޑުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6 އިން ފެށިގެން ހަވީރު 6 ޖަހަން ދެން ހަރަކާތްތެރިވާނެއެވެ.

ފޭދޫ މެޖެންޓާ ޖަމްއިއްޔާއެއްގެ ގޮތުގައި ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ވެސް މެޖެންޓާ އަކީ ފޭދޫގައި އިޖްތިމާޢީ ގޮތުން ހަރަކާތްތެރި ޖަމިއްޔާއެއް ކަން ފާހަގަކޮށްލެވެ އެވެ.