Last Updated: May 10, 11:07
Friday, May 10, 2024
ޚަބަރު

ބުލްބުލް އަައްދުގެ ބަންދަށް 10 ދުވަސް ޖަހައިފި

ބުލްބުލް އައްދު ފޭދޫ މެމްބަރު އައިބީގެ ދަރިއަކާ އެކު.

ފޭދޫގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސަދަން ޓްރާންސްޕޯޓް ލިންކް އޮފީހުގެ ގިނަ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ އޮފީހުގެ އެޑްމިން އެންޑް ފައިނޭންސް މެނޭޖަރު އަބްދުﷲ ރަޝީދު (ބުލްބުލް އައްދު) ގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައި ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެމްޕީއެލްގެ ފައިސާތަކަކަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ އެމްޕީއެލް އިން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ބުލްބުލް އައްދު، 35، އަކީ ޕީޕީއެމްގެ ފޭދޫ އިސް އެކްޓިވިސްޓެކެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޮފީހުން ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އޮފީހުން ވަނީ 460،000ރ. އާއި ލޯންޗެއްގެ އިންޖީނެއް ވެސް ވަގަށް ނަގައިފަ އެވެ.

އޮފީހުން ފައިސާ ގެއްލުނުކަން އެނގުނީ އެތަން އޮޑިޓް ކުރުމުގެ ތެރޭގަ އެވެ. މިކަން ފަޅާ އެރުމުން އަައްދު އޮފީހަށް ދިއުން ހުއްޓާލައި، އުޅުނީ ފިލައިގެން ކަމަށް ވެސް އެނގިފައިވެ އެވެ.