Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ޑްރަގް ހުއްޓުވަމަކީ އުނދަގޫ މަސައްކަތެއް: އުމަރު

ރާއްޖޭން ޑްރަގުގެ މައްސަލަތައް ހުއްޓުވުމަކީ އުނަދަގޫ މަސައްކަތެއް ކަަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

"ކުއްތާ އާއި ޓެގުން ވެސް ނަތީޖާއެއް ނުނިކުތް. މަރަަކަށް ފަހު މަރެއް. ޑްރަގް ވެސް" ތިޔާގި ނަމުގައި ރާއްޖެ އެމްވީން މިއަދު ގެނެސް ދީފައިވާ ރިޕޯޓަކަށް ޓްވިޓާގައި ދެއްވި ރައްދެއްގައި އުމަރު ވިދާޅުވީ މަސްތުވާ ތަކެތި ހުއްޓުވަން އުނދަގޫ ކަމަކަށް ވަނީ "ބޮވޭނެ، ބޯން ޖެހޭނެ" ޝިއާރާއަކާ އެކު އޭގެ ފަަހަތުގައި ހުރީ ޑްރަގް އެޑިޓެއް ކަމަށްވާތީ ކަމަށެވެ.

އުމަރު އެގޮތަށް އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު ދެއްކެވި ވާހަކައަކައަކާ ގުޅުވައިގެންނެވެ.

ރާއްޖޭން މަސްތުވާތަކެތި ހުއްޓުވަން އުމަރު ނީ ކުއްތާތަކެއް ގެނެސް، ދިވެފި ފުލުހުންގެ ތެރޭގައި ފާރަގެމަ ނަމުގައި ކުއްތާ ހިމެނޭ ފޯސްއެއް ވެސް އެކުލަވާލައިފަ އެވެ.

އަަދި ގޭންގް ހަރަކާތްތައް ހުއްޓުވަން މިދިޔަ މާޗް މަހުން ފެށިގެން ވަނީ ގޭންގްތަކުގައި ހަރަކާތްތެރިވާ މީހުންގެ ގައިގައި ޓެގް އަޅުވަން ވެސް ފަށައިފަ އެވެ.

އެކަމަކު މިއިން އެއްވެސް ފިޔަވަޅަކުން އެދެވޭ ނަތީޖާއެއް ފެންނަމުން ނުދާތީ އުމަަރަށް ވަރަަށް ބޮޑަށް ފާޑު ކިއުންތައް އަމާޒުވެފައިވެ އެވެ.