ސަލްމާން ހާން ވަނީ ދާދި ފަހުން އިންޑިއާގެ މުމްބާއީ އާއި ޕޫނޭ ފަދަ ސިޓީތަކުގެ ފަގީރުންނަށް އެހީވުމަށް ހޮސްޕިޓަލްތަކާއި ރެސްޓޯރެންޓްތައް ހުުޅުވާނެ ވާހަކަ އިއުލާންކޮށްފަ އެވެ.
ހިލޭ ސާބަހަށް މަސައްކަތް ކުރާ ސަލްމާންގެ ޗެރިޓީ "ބީން ހިއުމަން" ގެ ދަށުން އޭނާ ވަނީ ހެދުމާއި އެކްސަސަރީ ވިއްކާ ފިހާރައެއް ވެސް ވަރަށް ފަހުން ހުޅުވައިފަ އެވެ.
މީޑިއާ ރިޕޯޓްްތައް ބުނާ ގޮތުގައި ސަލްމާންގެ މި މަސައްކަތަށް އެހީތެރިވުމަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ޕާކިސްތާނަށް އުފަން ކުރީގެ ބަތަލާ ސޯމީ އަލީ އިންޑިއާ ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި އެ ދައުވަތު ސޯމީ އަށް ދިނީ ސަލްމާން ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސޯމީ އަންނަ މަހު އިންޑިއާ އަށް ކުރާ ދަތުރުގައި ސަލްމާނާ އެކު އިންޑިއާގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާނެ އެވެ. މިއީ 16 އަހަރަށް ފަހު "އަންދޯލަން"، "މާފިއާ" އަދި "އާއޯ ޕިޔާރް ކަރޭ" ފަދަ ފިލްމްތަކުން ފެނިފައިވާ ސޯމީ އިންޑިއާ އަށް ކުރާ ފުރަތަމަ ދަތުރެވެ.
މި ދަތުރުގައި ސޯމީ ހުންނާނެ ތަނެއް ވެސް ހަމަޖައްސައި ދެނީ ސަލްމާން ކަމަށްވެ އެވެ. ސޯމީ މިހާރު ދިރިއުޅެމުން އަންނަނީ އެމެރިކާގެ މަޔާމީގަ އެވެ. އެ ތަނުގައި "ސޯ މީ" ގެ ނަމުގއަި އޭނާ ވެސް ޗެރިޓީއެއް ހިންގަމަނުންނެވެ.