Last Updated: May 10, 14:48
Friday, May 10, 2024
ވިޔަފާރި

ރޯދަ މަހު ފެރީ ދަތުރުތައް އޮންނާނީ މި ގޮތަށް

ރޯދަ މަހާ އެކު އައްޑު އާއި ފުވައްމުލަކާ ދޭތެރޭ ދެމުން އަންނަ ދަތުރުފަތުރުގެ ހިދުމަތުގެ ތާވަލަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ.

ހުޅުމީދު އާއި ފޭދު އާ ދެމެދު ބާއްވާ ދަތުރުތަކުގެ އިތުރުން އައްޑު އާއި ފުވައްމުލަކާ ދޭތެރޭ ކުރާ ދަތުރުތަކުގެ ޝެޑިއުލަށް ވެސް މި ވަނި ރޯދަ މަހާ އެކު ބަދަލުތަކެއް ގެނެސްފަ އެވެ.

މި ހިދުމަތް ދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނީ ޝެޑިއުލަށް ބަދަލުތަކެއް ގެނައި ނަމަވެސް، ދަތުރުތައް ހަމަޖެހިފައި އޮންނާނީ ހިދުމަތް ހޯދާ ފަރާތްތަކަށް ވީހާ ވެސް ބޮޑަަށް ފަސޭހަ ވާނެ ގޮތަށް ބަލައިގެން ކަމަށެވެ.