Last Updated: May 16, 11:41
Thursday, May 16, 2024
ސިއްހަތު

ރޯދަ ރަހަ: ފިހުނު ކޯލިފްލާވާ

* ބޭނުންވާ ތަކެތި:

400 ގްރާމް ކޯލިފްލާވާ (ބައިތައް ވަކިކޮށްލާފައި)
1/2 ސަމުސާ އަސޭމިރުސް (މުގުރި)
1/2 ސަމުސާ ރީނދޫ (މުގުރި)
2 ލޮނުމެދު (ގާނާފައި)
2 މޭޒުމަތީ ސައިސަމުސާ ތެޔޮ
1/2 މޭޒުމަތީ ސަމުސާ ހިކި މިރުސް (ހިމުންކޮށް މުގުރާފައި)
ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ތެޔޮފޮދު ތެރެއަށް އަސޭމިރުސް، ހިކި މިރުސް، ރީނދޫ، ލޮނުމެދު އަދި ލޮނު އަޅާފައި އެއްކޮށްލުން. ކޯލިފްލާވާ އެޅުން. ރަނގަޅަށް އެއްކޮށްލުން. ޓްރޭގައި ފޮއިލް އަޅާފައި އޭގެ މަތީގައި ކޯލިފްލާވާކޮޅު އަތުރާލާފައި އަވަނުގައި ފިހެލުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.