Last Updated: May 16, 17:12
Thursday, May 16, 2024
ސިއްހަތު

ރޯދަ ރަހަ: ޕާންބޯކިބާ

* ބޭނުންވާ ތަކެތި:

1 ޖޯޑި ޕާން (ކުދިކޮށް ކޮށާފައި، ފެން ބުރުއްސާފައި)
2 ޖޯޑު ފެން
400 ގްރާމް ހިކި މޭބިސްކަދުރު (ކޮށާފައި)
400 ގްރާމް ކަނަމަދު (ކޮށާފައި)
1/2 މޭޒުމަތީ ސަމުސާ މާޖިރިން
2 ކުުކުޅު ބިސް
1 ޖޯޑު ދިޔާކިރު (ލެކްނޯ، ޑަޗްލޭޑީ، ކޯސްޓް، އޯލްޑެން ބާގާ ފަދަ)
1/2 ޖޯޑު ހަކުރު
1/3 ސައި ސަމުސާ ވެނީލާ އެސަންސް

* ތައްޔާރު ކުރާނެ ގޮތް:

ހަކުރާއި ބިސް އެެއްކުރުން. ހަަކުރު ވިރުމުން މާޖިރީން އެޅުން. ރަނގަޅަށް އެއްވީމާ ޕާން އެޅުން. ރަނގަޅަށް އެއްކޮށްފައި ހިކި މޭބިސްކަދުރު. ކަނަމަދު އަދި ކިރު އަޅައި އެއްކޮށްލުން.
މާޖިރީން ހާކާފައި ހުރި ތަބަކަށް އަޅާފައި، ކަރަންޓް 250 ޑިގްރީ އަށް ލައިފައި 10 މިނިޓް ވަންދެން ހޫނުކޮށްފައި އޭގެ ތެރެއަށް ތަބަށްލުން.
މި ބޯކިބާ ފިހެވޭނީ 250 ޑިގްރީގައި 50 މިނިޓުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.