Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

ހަންކެޑެ ގިރަނީ، އަޅާލާނެ ބަޔަކު ނެތް

ހަންކެޑެ ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެ، އެ ސަރަހައްދުގެ ލިންކް ރޯޑް ނުރައްކަލަށް ހުށަހެޅިއްޖެ އެވެ.

ހަންކެޑައިގެ ދެކުނު ފަރާތުން ވަަރަށް ބޮޑަށް ގިރާލައި، މަގުގެ ތާރުގަނޑާ ހަމައަށް އެކަމުގެ ނުރައްކާ މިހާރު ވަނީ ފޯރުމާ ކައިރީގަ އެވެ. މި މައްސަލަ ދިމާވެފައިވާތާ މިހާރު އެތައް ދުވަހެއްވެއްޖެ އެވެ.

އެކަމަކު ކަމާ ބެހޭ ފަރާތްތަކުން މި މައްސަލަ އަށް މިހާތަނަށް އެކަށީގެންވާ ސަމާލު ކަމެއް ދީފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހަންކެޑެއިގެ ދެކުނު ފަރާތް ވަރަށް ބޮޑަށް ގިރާލުމާ ގުޅިގެން އެމްއާރްޑީސީނ އެ ސަރަހައްދަށް ވެލި ވެސް އެޅި އެވެ.

އެކަމަކު އެ ވެލިގަނޑުގެ ބޮޑުބައެއް މިހާރު ދޮވެވިއްޖެ އެވެ. މި ސަރަހައްދު ގިރަމުން ދިއުމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ބިރު އޮތީ ލިންކް ރޯޑަށެވެ.

މިހާރު ވެސް މަގުގެ ތާރުގަނޑާއި ގިރާ ސަރަހައްދާ ދެމެދު ހުރީ ގާތްގަނޑަަށް ދެ ފޫޓެއްހާ ދުރުމިނެވެ.

ހަންކެޑެ އަށް ދިމާވެފައިވާ ގިރުމުގެ މައްސަލަ ހައްލު ކުރަން މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް 2014 ވަނަަ އަހަރު އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ނަމަވެސް، މިހާތަނަށް އެކަމާ ގުޅޭ އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ.

މިއީ ދާއިމީ ހައްލެއް އަވަަހަށް ހޯދަން މިހާރު ޖެހިފައި އޮތް މައްސަލައެކެވެ. މިކަމާ އައްޑޫގެ ވަަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.