Last Updated: May 16, 18:51
Thursday, May 16, 2024
ސިއްހަތު

ރޯދަ ރަހަ: އަލުވި ކިރުގަރުދިޔަ

* ބޭނުންވާ ތަކެތި:

400 ގްރާމް އަލުވި (ރިހައަށް ކޮށާ ގޮތަށް ކޮށާފައި)
1 ފިޔާ (އާދައިގެ، މެދުން ފަޅައި އަރިމަތިން ކޮށާފައި)
3 ލޮނުމެދު (ފަޅާފައި)
1/2 އިންޗި އިނގުރު (ފޮތިކޮށްފައި)
3 ޖޯޑު ފެން
1/2 1 ޖޯޑު ކާށި ކިރު
1 ގަނޑު ވަޅޯމަސް ނުވަތަ 1/2 ޖޯޑު ދަޅު މަސް
2 ރޯމިރުސް (މެދުން ފަޅާފައި)
1 މޭޒުމަތީ ސަމުސާ ތެޔޮ
1 ޓޮމާޓޯ (ފޮތިކޮށްފައި) ނުވަތަ ރަހަލާ ވަރުގެ ހުތް އަނބުކޮޅެއް
ރީނދޫ، ލޮނު، އަސޭމިރުސް، ހިކަނދިފަތް، ރާނބާފަތް، ފޮނިތޮށި، ކާފޫރުތޮޅި

* ތައްޔާރު ކުރާނެ ގޮތް:

ފިޔާކޮޅުގެ ދެބައިކުޅަ އެއްބައި މީރުކޮށްލާފައި އޭގެ ތެރެއަށް ވަޅޯމަސް، ދެ ޖޯޑު ފެން އަޅައި މަތި ޖަހައިގެން އަލުވިކޮޅު މަޑުކުރުން (ދަޅުމަސް އަޅައިގެން ކައްކާ ނަމަ މަސް އަޅާނީ އަލުވި މަޑުވުމުން).
ރަނގަޅަށް މަޑުވީމާ އެއް ޖޯޑު ފެން، ބާކީ ހުރި ފިޔާ، ލޮނުމެދު، އިނގުރު، ރޯމިރުސް، އަސޭމިރުސް، ރީނދޫ، ޓޮމާޓޯ، ކާށިކި ކިރު އަޅައިގެން ކުޑަ ލޮނުކޮޅެއް ލައިގެން ކެއްކުން.
ބޮކި ޖަހައި ކެކެން ފެށުމުން ހިކަނދި ފަތާއި ރާނބާފަތް ލައިފައި ލޮނު ހެޔޮވަރު ކުރުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖުން ނަގާފައިވާ ރެސިޕީއެކެވެ.