މެމްބަރުން އިތުރު ކުރުމަށް ދާދި ފަހުން އަދާލަތު ޕާޓީގެ އިސްވެރިންގެ ޓީމެއް އައްޑު އަށް ވަޑައިގެންފައި ވަނިކޮށް، ސ. ހުޅުދޫން އެ ޕާޓީ އަށް އިއްޔެ 25 މީހަކު ސޮއިކޮށްފައިވާ ކަމަށް އަދާލަތުން ބުނެފި އެވެ.
އަދާލަތުގެ އޮފިޝަަލަކު ވިދާޅުވީ އެ ޕާޓީ އަށް އައްޑޫން މެމްބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ހުއްޓުމެެއް ނެތި ކުރިއަށްދާ ކަަމަށެވެ. އެގޮތުން ހުރިހާ ރަށަކުން ވެސް ޕާޓީ އަށް މީހުން ސޮއި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަަދާލަތުގެ ޓީމް އައްޑު އަށް ކުރި ދަތުރުގައި ހިތަދޫގައި ބޭއްވި ޖަލްސާގަ އާއި ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވެސް އެ ޕާޓީ އަށް ގިނަ އަދަދަކަށް މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ދިހަހާސް މެމްބަރުން ހަމަ ކުރުމަށް އަދާލަތުން ކުރާ މަސައްކަތުގައި އައްޑޫގެ ހިއްސާ ވަރަށް ބޮޑު ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އެގޮތުން އަމާޒަކީ މިއަހަރަށް މަޖިލިސް ފެށޭ އިރު، 10،000 މެމްބަރުން ހަމަ ކުރުން ކަމަށް އެ ޕާޓީން ބުންޏެވެ.
އަދާލަތުގެ ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރު ދާދި ފަހުން ވިދާޅުވެފައި ވަނީ އެ ޕާޓީގެ އަމާޒަކީ ހަމައެކަނި 10،000 އިތުރު ކުރުން ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ވާނެ ކަމަށެވެ. އަދި މި އަހަރު ބާއްވާ ރިޔާސީ އިންތިހާާބާ ހަމައަށް ދާނީ 30،000 މެމްބަރުންނާ އެކު ކަމަަށް ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.