Last Updated: May 12, 18:57
Monday, May 12, 2025
މުނިފޫހިފިލުވުން

މިއޮތީ އާ ވީޑިއޯ ލަވައެއް، ބަލާލަން ވާނެ

ބޮލީވުޑްގައި އަނެއްކާ ވެސް ވީޑިއޯ ލަވައިގެން ޓްރެންޑް މިހާރު އަންނަނީ އާލާވަމުންނެވެ.

ޓީ ސީރީޒުން އަންނަނީ ފުލުފުލުގައި ހިތްގައިމު ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ދޫކޮށްލަމުންނެވެ. މި ފަހަރު އަނެއްކާ ވެސް މި އޮތީ އާ ލަވައެކެވެ.

ލަވައިގެ އަޑުގެ ވެރިޔަކީ މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ޕާކިސްތާންގެ ލަވަ ކިއުންތެރިޔާ ރާހަތު ފަތެހް އަލީ ހާނެވެ. ލަވައިގެ ނަމަކީ "ދިއްލަގީ" އެވެ.

ގޯއާގައި ޝޫޓްކޮށްފައިވާގެ ލަވައިގެ ތަރިންނަކީ ހުމާ ގްރެޝީ އާއި ވިދުޔަތު ޖަމްވާލް އެވެ. މި ލަވަ ޑައިރެކްޓްކޮށްފައި ވަނީ ކިރަން ޑިއޯހަންސް އެވެ.

ލަވަ މިއަދު އާންމު ކުރުމާ އެކު އާންމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.