Last Updated: May 16, 14:10
Thursday, May 16, 2024
ސިއްހަތު

ރޯދަ ރަހަ: ފެހިތޮޅި އާއި އަލުވި ދިޔަ

* ބޭނުންވާ ތަކެތި:

200 ގްރާމް ފެހިތޮޅި (ބީންސް، ބައި އިންޗި އަށް ކޮށާފައި)
1 އަލުވި (ބޮޑު، ކުދިކޮށް ކޮށާފައި)
1/2 ސަމުސާ ރެވިއޮށް (މަސްޓަޑް ސީޑް)
1/3 ސަމުސާ އަސޭމިރުސް (މުގުރި)
1 ފިޔާ (އާދައިގެ، ކޮށާފައި)
1 ޗިކަން ކިއުބް
ކުޑަ ތެޔޮފޮދެއް، ލޮނު، ރީނދޫ، ހިކަނދި ފަތް

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފިޔާކޮޅު މީރުކޮށްލާ. އޭގެ ތެރެއަށް އަލުވި އަޅާފައި އަލުވީގެ މައްޗަށް ދެ އިންޗި ހުންނަ ވަރަށް ފެން އަޅާ. ރަނގަޅަަށް އަލުވި މަޑުވެ، ފެން ހިނދުނީމައި ސައި ސަމުސަލަކުން އަލުވި ޗިސްކޮށްލާފައި ޗިކަން ކިއުބް ލުމަށް ފަހު، އަސޭމިރުސް، ރީނދޫ، ރެވިއޮށް، ލޮނު އެއްކޮށްލާފައި، ކުޑަ ފެންފޮދެއް އަޅާފައި ތޮޅިކޮޅު އަޅާފައި އެއްކޮށްލުން.
ދެން ތޮޅީގެ ފެހި ކުލަ ބޮޑަށް ގަދަވީމާ އުނދުން ނިއްވާލާފައި، ހިކަނދި ފަތް އެއަށް އަޅާލާ. މަތި ޖަހާފައި ފަސް މިނިޓް ބަހައްޓާލާ.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.