Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މުހުތާޒަށް 17 އަހަރުގެ ޖަލު ހުުކުމެއް

ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހުސިން 17 އަހަރަށް ޖަލަށް ލާން މިރޭ ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އޭނާ އަށް މި ހުކުމެއް އައިސްފައި ވަނީ މި އަހަރުގެ ފެބްރުއަރީ ހަތެއްގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލައިގެ ކުށް ސާބިތުވެގެންނެވެ.

މުހުތާޒާ އެކު މި ދައުވާ އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ވެސް އުފުލާފައިވެ އެވެ.