Last Updated: May 19, 16:05
Sunday, May 19, 2024
ޚަބަރު

އީސީން އަތޮޅުތަކަށް ޓްރޭނަރުން ހޯދަނީ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ތެރޭގައި ޓްރޭނަރުންގެ ގޮތުގައި ހަރަކާތްތެރި ވާނެ މީހުން ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާންކޮށްްފި އެވެ.

އެތަނުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް އެދި ހުށަހަޅަން ޖެހެނީ އެ މީހަކު ނިސްބަތްވާ ދާއިރާއެއްގެ ކައުންސިލް އިދާރާ އަށް ކަމަށް ވެސް އީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހަބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރި ވާނެ އޮފިޝަލުންނަށް ތަމުރީނު ހިންގުމަށް ކޮންމެ އަތޮޅަކުން މާސްޓަ ޓްރެއިނަރުންގެ ގޮތުގައި ތަމުރީނު ކުރާނެ ތިނެއް ނުވަތަ ހަތަރު މީހުން ބޭނުން ވާނެ ކަމަށެވެ.

މިކަމަށް ހޮވޭ ފަރާތްތަކަށް އޮގަސްޓު 30 އިން ސެޕްޓެމްބަރު ފަހެކަށް މާލެގައި ޓްރެއިނިން ސެޝަންތައް ހިންގާނެ ކަމަށް އީސީން ބުންޏެވެ.

އަދި އިންތިހާބު ބޭއްވުމުގެ އެއް ހަފުތާގެ ކުރިން ޓްރެއިނަރުންނަށް މާލޭގައި ރިފްރެޝާ ޕްރޮގްރާމެއް ހިންގުމަށް ވެސް ހަމަޖައްސާފައިވެ އެވެ.

ޓްރެއިނަރުން ހޮވުމުގައި ވޭތުވެ ދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ އާއި ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަން ދޭނެ އެވެ.

އީސީން ބުނީ މިކަމަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރާނީ ކޮމިޝަނުނ ކަަމަށެވެ. އަދި، މި ޓްރޭނިން ފުރިހަމަ ކުރާ ފަރާތްތައް ރކޮމިޝަނާ އެކު އިގުރާރު ކުރެވި، އަތޮޅުގައި ޓްރެއިނިން ހިންގާ ކޮންމެ ދުވަހަކަށް 700ރ. ގެ އުޖޫރައެއް ވެސް ލިބޭނެ ކަމަށް އިލެކްޝަން ކޮމިޝަބުން ބުންޏެވެ.