Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މޭޔަރު މާލެ އަށް

ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިންތިޒާމުކޮށްގެން ކައުންސިލްތަކުގެ އިސްވެރިންނާ އެކު މާލޭގައި ބާއްވާ ބައްދަލުވުމަކަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މާލެ ވަޑައިގެންފި އެވެ.

މޭޔަރު ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެލްޖީއޭ އިން މިއަދު މެންދުރު ފަހު ބާއްވާ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި މި ބަައްދަލުވުމަކީ މައިގަނޑު ގޮތެއްގައި ބަޖެޓާ ބެހޭ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް ވެސް އެނގިފައިވެ އެވެ.

މި އަހަރުގެ ބަޖެޓް ކުޑަވެގެން ސަރުކާރުންނާއި ކަައުންސިލްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.