Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު

ބޯ ފެޅުނު މީހާ މާލެ އަށް

ރޭ ހިތަދޫގައި ހިންގި މާރާމާގައި ބޯ ފެޅުނު ޒުވާނާ އިތުރު ފަރުވާ އަށް މާލެ ފުރުވާލަން ތައްޔާރުވެއްޖެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އިން ބުނި ގޮތުގައި އޭނާ މާލެ ފުރުވާލަން ހަމަޖެހިފައި ވަނީ މެންދުރު ފަހު 1:30 އެހާކަށްހާ އިރުގަ އެވެ.

ބޯ ވަަރަށް ބޮޑަށް ފަޅައިގެެން ދިޔަ ޒުވާނާ މާލެ ފޮނުވާނީ އެޗްއާއެޗްގައި ސީޓީ ސްކޭން ހެދެން ނެތުމުން ކަމަށް އެތަނުން ބުންޏެވެ.

ހޮޮސްޕިޓަލުން ބުނީ މާލެ ފޮނުވާލާ އިރު، އޭނާގެ ހާލު ގޯސް ނޫން ކަމަށެވެ.

ހިތަދޫ ދެ ގްރޫޕެއްގެ މެދުގައި ރޭ ދަންވަރު ހިންގި މާރާމާގައި ފަސް މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު ތިން މީހަކު ރޭ ވަނީ ދޫކޮށްލާފަ އެވެ.

ބުރައްކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދިން މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު ވެސް މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އޭނާ ހޮސްޕިޓަލަސް ގެންދިޔަ އިރު ވެސް ތޫނު އެއްޗެއްގެ ތިލަ ހުރީ ބުރަކައްޓަށް ހެރިފަ އެވެ.

ރޭގެ މާރާމާރީ އާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަން ފަށާފަ އެެވެ.