Last Updated: June 6, 09:55
Saturday, June 6, 2026
ޚަބަރު

ފަރަށް އެރި ޑައިވިން ދޯނި އެހެލައިފި

އިއްޔެ މީދޫ އިރުމަތީ ފަރާތު ފަރުމައްޗަށް އެރި ވިދުވަރު ދޯނި އެއްގަމަށް އެހެލައިފި އެވެ.

މި ދޯނި އިއްޔެ މެންދުރު ފަރަށް އެރި އިރު ދޯނިން ހަތް ފަތުރުވެރިންނާއި ޑައިވިންގ އިންސްޓްރަކްޓަރެއްގެ އިތުރުން ތިން ފަޅުވެރިންނާ އެކު ޖުމްލަ 11 މީހުން ދަތުރުކޮށްފައިވެ އެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ދޯނީގެ ބަނޑުފިލާ ފަޅައިގެން ގޮސް ދޯންޏަށް ވަނީ އެކިވަރުގެ ގެއްލުންތައްވެފައިވެ އެވެ.

އިއްޔެ އިރުއޮއްސި 6:30 ހާއިރު ދޯންނި ފުންކޮށް މީދު އަށް އެހެލާފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަދި ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިންގެ އެހީތެރިކަމާ އެކު ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އެސްކަވޭޓަރެއްގެ އެހީގަ އެވެ.