Last Updated: May 16, 14:10
Thursday, May 16, 2024
ސިއްހަތު

ރޯދަ ރަހަ: ކަޖޫނަޓް ބަތް

* ބޭނުންވާ ތަކެތި:

80 ގްރާމް މޭބިސްކަދުރު (ހިކި، ތެލުލާފައި)
70 ގްރާމް ކަޖޫނަޓް (ތެލުލާފައި)
2 ފިޔާ (ބޮޑު، ތެލުލާފައި)
1 ފިޔާ (ބޮޑު ކޮށާފައި)
2 ޖޯޑު ހަނޑޫ
ލޮނު، ތެޔޮ، ރާނބާފަތް

* ތައްޔާރު ކުރާނެ ގޮތް:

ފިޔާކޮޅު ތެލުލާފައި ކުޑަކޮށް ރަތްވެލީމާ ހަނޑޫކޮޅާއި ރާނބާފަތް އަޅާފައި ހަނޑޫ މުރަނަ ވަންދެން ހަނާކޮށްލުން. އެއަށް ފަހު އޭގެ ތެރެއަށް ފެން އެޅުން. ފެން ބަހައްޓާނީ ހަނޑޫގަނޑުގެ މަތިން އެއް އިންޗި ހުންނަ ވަރަށް.
ދެން ލޮނު ހެޔޮރުވަރުކޮށްފައި ކެއްކުން. އެއްކޮށް ރަނގަޅަށް މަތިން ހިނދުނީމައި ކަޖޫނަޓް އަދި ތެލުލާފައި ހުރި ފިޔަ އާއި މޭބިސްކަދުރު އެއްކޮށްލާފައި އުނދުން ނިއްވާލުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.