Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

"ސާކް އެނަޖީ ކޮންޒަވޭޝަން އެވޯޑް" އަށް ފުރުސަތު

"ސާކް އެނަޖީ ކޮންޒަވޭޝަން އެވޯޑް 2016" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ދޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް އެދޭ ފޯމް އެންވަޔަރަމަންޓް މިނިސްޓްރީންނާއި އެ މިނިސްޓްރީގެ ވެބްސައިޓުން ވެސް މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

އެވޯޑަށް ކުރިމަތިލާ ފަރާތްތައް ހުށަހަޅާ ފޯމްތައް އިވެލުއޭޓް ކުރަން ނިންމާފައި ވަނީ ދާއިރާތަކަށް އިސްކަން ދީގެންނެވެ.

އެ ދާއިރާތަކަކީ މެނޭޖްމަންޓް ކޮމިޓްމަންޓް، މުވައްޒަފުން ތަމްރީނު ކުރުމާއި ހޭލުންތެރި ކުރުން، އެނާޖީ އެފިޝިއެންސީ އަދި ކޮންޒަވޭޝަންގެ ދާއިރާގެ އިންވެސްޓްމަންޓް، އެނާޖީ ޕަފޯމަންސް އަދި އިއާދަކުރަނިވި ހަކަތަ ދާއިރާ އެވެ.