Last Updated: May 17, 00:08
Thursday, May 16, 2024
ސިއްހަތު

ރޯދަ ރަހަ: ޕާން ޕުޑިން ބޯކިބާ

* ބޭނުންވާ ތަކެތި:

1 ޕާން (ބޮޑު، އަރިމަތި ކަފާފައި)
1 ދަޅު ގެރިކިރު (ޑަބަލް ޕީޗް)
4 ކުކުޅު ބިސް
1 ޖޯޑު ފެން
2 ސައިސަމުސާ ވެނީލާ އެސެންސް
2 މޭޒުމަތީ ސަމުސާ މާޖިރީން
2 މޭޒުމަތީ ސަމުސާ ހަކުރު
50 ގްރާމް ހިކި މޭބިސްކަދުރު

ތައްޔާރު ކުރާނެ ގޮތް:

ޕާނަށް އަޅާ ސޯސްގަނޑު:

ދަޅުން ތިންބައި ކުޅަ ދެބައި ގަރިކިރު، ހަތަރު ކުކުޅު ބިސް، ފެން ޖޯޑާއި ވެނީލާ އެސެންސް މިކްސަރަށް އަޅާފައި ތިން މިނިޓް ވަންދެން ގިރާލުން.

ޕާންފޮތިތަކުގެ ދެ ފުށުގައި (ކުޑަކޮށް) މާޖިރީން ހާކާފައި (ފުލަށް ހަކުރުކޮޅެއް ފަތުރާފައި ހުރި) ޓްރޭގައި އެތުރުން. އޭގެ މައްޗަށް ހަކުރުކޮޅެއް ބުރުވާފައި (ބޭނުމިއްޔާ ހިކި މޭބިސްކަދުރު އަަޅާފައި) އޭގެ މަތީގައި ދެން ހުރި ޕާންފޮތިތައް އެތުރުން. އެގޮތަށް އެއްކޮށް އަތުރައި ނިންމާފައި އޭގެ މައްޗަށް ސޯސްގަނޑު އެޅުން.
ޕާނުގެ ތެރެއަށް ސޯސްގަނޑު ވަންނަން ދެން ބަހައްޓާލުމަށް ފަހު، އެއްކޮށް ވަދެ ނިމުނީމައި އަވަނުން ނުވަތަ މައިކްރޯވޭވުން ފިހެލުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.