Last Updated: July 3, 11:07
Friday, July 3, 2026
ކުޅިވަރު

ސެވިއްޔާގެ ކީޕަރު ރެއާލް އަށް

ސެވިއްޔާގެ ކީޕަރު ޑިއޭގޯ ލޮޕޭޒް 3 އަހަރުގެ އެއްބަސްވުމެއްގައި ރިއާލްއާއި ގުޅިއްޖެއެވެ. މީޑިއާ ރިޕޯޓް ބުނާ ގޮތުން އޭނާ ރެއާލް އައި ގުޅުނީ 4 މިލިއަން ޔޫރޯ އަށެވެ.

ސެވިއްޔާގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ލޮޕޭޒް ރެއާލް އާއި މި ގުޅުނީ އެޓީމުގެ އެއް ނަންބަރު ކީޕަރު އިކަ ކަސިއަސް އަށް އަނިޔާވެ މުހިއްމު ގިނަ މެޗްތަކެއް އޭނާ އަށް ނުކުޅެވި ދާނެ ބިރު ހީވެފައިވަނިކޮށެވެ.

އެގޮތުން ޗެންޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީން މަންޗެސްޓަރ ޔުނައިޓެޑް އާއި އެކު ކުޅެން ޖެހޭ ދެ ލަގާއި، ސްޕެނިޝް ކޮޕާޑެލްރޭގެ ސެމީ ފައިނަލްގައި ވާދަވެރި ބާސެލޯނާ އާ އެކު ކުޅެން ޖެހޭ ދެ ލެގް ފާހަގަ ކޮށްލެވެ އެވެ.

އެހެންވެ ކުޅިވަރު ދިރާސާ ކުރާފަރަތަކުން ބުނަމުން ދަނީ ލޮޕޭޒް ރެއާލް އާ ގުޅުމުން އޭނާ އަށް މި ވަގުތު ބޮޑު ޕްރެޝަރެއް އެބަ އޮތް ކަމަށެވެ.

ރެއާލް މިވަގުތު އޮތީ 40 ޕޮއިންޓާ އެކު ލަލީގާގެ ތިން ވަނަ މަގާމުގަ އެވެ. އަދި ބާސެލޯނާ ވަނީ 55 ޕޮއިންޓާއި އެކު ތާވަލްގެ އެއް ވަނާގަ އެވެ.