Last Updated: May 16, 20:52
Thursday, May 16, 2024
ސިއްހަތު

ރޯދަ ރަހަ: ސްޕެގެޓީ ކަބޮނާރާ

* ބޭނުންވާ ތަކެތި:

200 ގްރާމް ފިޔާ (ބޮޑު، ގޮޅިކޮށް ކޮށާފައި)
1 ޕެކެޓް ސްޕެގެޓީ (ލޮނު ލާފައި، ތެޔޮ އަޅައިގެން ކައްކާފައި)
200 ގްރާމް ލީކްސް (ކައްޗަށް ކޮށާފައި)
200 ގްރާމް ކެޕްސިކަމް (މެދުން ފަޅައި ކަރުގަނޑު ނަގައި، ކައްޗަށް ކޮށާފައި)
500 ގްރާމް ކުކުޅު (ކަށި ނެތް، ކުދިކޮށް ކޮށާފައި)
1 ޕެކެޓް ޗިކަން ސޮސެޖް (މެދުން ފަޅާފައި، ކައްޗަށް ކޮށާފައި)
3 ޖޯޑު ދިޔާ ކިރު (ޑަޗްލޭޑީ ނުވަތަ ލެކްނޯ)
1 ދަޅު ޗީޒް (106 ގްރާމްގައި، ގާނާފައި)
160 ގްރާމް ކްރިމް (ނެސްލޭ، އޮރިޖިނަލް)
1/2 ސަމުސާ އަސޭމިރުސް (މުގުރާފައި)

* ތައްޔާރު ކުރާނެ ގޮތް:

ތެޔޮފޮދެއްގައި ފިޔާކޮޅު މީރުކޮށްލުން. ކެޕްސިކަމާއި ލީކްސް އޭތެރެއަށް އެއްކޮށްލުން. ދެން އަސޭމިރުސްކޮޅާއި ކުކުޅު އެއްކޮށްލާފައި، ކުކުޅު ރޯ ފިލީމާއި ސޮޮސެޖް އެއްކޮށްލުން.
ރަނގަޅަށް ކުކުޅު ރޯ ފިލީމައި ދެ ޖޯޑު ކިރާއި ޗީޒާއި ކްރީމް އަޅާފައި އެއްކޮށްފައި ސްޕެގެޓީކޮޅު އަޅާލުން. ދެން ރަނގަޅަަށް ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު، ލޮނު ހެޔޮވަރު ކުރުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.