Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ހިތަދޫ މާރާމާރީ އާ ގުޅިގެން ދެ މީހަކު ހޯދަނީ

މިދިިުަ ހޮނިހިރު ދުވަހުގެ ރޭ ހިތަދޫގައި ހިންގި މާރާމާރީ އާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ހޯދަނީ ހިތަދޫ، ބްލޫބާރޑް، ހޫދު ލަތީފް، 20، އާއި ހިތަދޫ، ހުދުފިޔަ، އިބްރާހީމް ޙާރިޝް ޙުސައިން، 24، އެވެ.

މި ދެ މީހުންނަކީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ބައެއް ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9796240 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދެ އެވެ.

ފަސް މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބުނު މާރާމާރީ އާ ގުޅިގެން ފުލުހުން ވަނީ ކުރިން ހަތަރު މީހަކާއި އެކަމާ ގުޅިގެން ހިންގި އޮރޭޝަނުގައި އިތުރު 10 މީހަކު ހައްޔަރުކޮށްފި އެވެ.

އެ މާރާމާރީގައި އަނިޔާވި އެކަމަށް ފަރުވާ ދޭން މާލެ ވެސް ފޮނުވާފަ އެވެ.