Last Updated: May 16, 17:26
Thursday, May 16, 2024
ސިއްހަތު

މުށިމަހު ކިރު ގަރުދިޔަ

* ބޭނުންވާ ތަކެތި:

2 މުށި މަސް (ބޮޑު، ދޭއް ނުވަތަ ތިން ބުރިކޮށްފައި)
4 ޖޯޑް ފެން
1 ޖޯޑު ކާށިކިރު
1 ފިޔާ (އާދައިގެ މެދުން ފަޅާފައި، އަރިމަތިން ބޯކޮށް ކޮށާފައި)
2 ލޮނުމެދު (ބޮޑު، މެދުން ފަޅައިފައި ދިގަށް ކޮށާފައި)
1/2 އިންޗި އިނގުރު (ތުނިކޮށް ފޮތިފޮތިކޮށްފައި)
1/2 ސައިސަމުސާ އަސޭމިރުސް (ރާޅުކޮށް މުގުރާފައި)
1 ޓޮމާޓޯ (އާދައިގެ، މެދުން ފަޅާފައި އަރިމަތިން ބޯކޮށް ކޮށާފައި)
2 ފޮތި ހުތް އަނބު ނުވަތަ ބިލިމަގު (ބޭނުން ނަމަ)
ހިނކަދި ފަތް، ރާނބާފަތް، ލޮނު، ރޯ މިރުސް ނުވަތަ ގިތޮޔޮ މިރުސް، ރީނދޫ

* ތައްޔާރު ކުރާނެ ގޮތް:

ފެންފޮނދު ކެކެން ފެށީމައި، ލޮނު ލައިފައި މަސްކޮޅު އަޅައިފައި މައްޗަށް އަރާ ގަރު ނުވަތަ ފޮނު ނެގުން. ގަރު އަރައި ނިމުމުން ބައި ޖޯޑު ކާށިކިރު، ޓޮމާޓޯ، ފިޔާ މިރުސް، އަސޭމިރުސް، ލޮނުމެދު، އިނގުރު، ރީނދޫ އަޅައިފައި ރަނގަޅަށް އެއްކޮށްލުން.

ބޮކި ޖަހައި ކެކެން ފެށީމައި، ބާކީ ހުރި ކިރުފޮދު އަޅައިފައި، ލޮނު ހެޔޮވަރުކޮށްފައި، ރާނބާފަތް، ހިނކަދިފަތް އަޅައިފައި (އިތުރަށް ނުކައްކައި) މަތި ޖެހުން.

ނޯޓް: މިއީ ފޭސްބުކް “ރުމާ” ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.