Last Updated: April 29, 22:11
Monday, April 29, 2024
ސިއްހަތު

ރޯދަ ރަހަ: ރިހާކުރު ފޮޅި

* ބޭނުންވާ ތަކެތި:

½ ޖޯޑު ހަނޑޫފުށް (ހިމުން ފުށް)
½ ޖޯޑު ގޮދަން ފުށް
½ ޖޯޑު ރިހާކުރު
½ ޖޯޑު ކާށި ހުނި
½ ޖޯޑު މުރަނގަފަތް
1 ފިޔާ (ތުނިކޮށް ކޮށާފައި)
½ ސައިސަމުސާ އިނގުރު (ގާނާފައި)
⅓ ސައިސަމުސާ ދިރި (މުގުރާފައި)
2 ލުނބޯ
1 ކުކުޅުބިސް
2 ރޯމިރުސް (ކޮށާފައި)
ގިތެޔޮމިރުސް
ރީނދޫ
ހިކަނދިފަތް (ކޮށާފައި)
ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފިޔާ، މިރުސް، އިނގުރު، ހިކަނދިފަތް އެއްކުރުމަށް ފަހު، ލުނބޯހުތް ޖަހައިގެން މޮޑެލުން. ދެން އޭގެ ތެރެއަށް ރިހާކުރު، ދިރި، ރީނދޫ، ކާށިހުނި އެއްކުރުން

ހަނޑޫފުށާއި ގޮދަންފުށް އަޅާފައި. ހުތް ރަހަ އާއި ލޮނު ހެޔޮވަރުކޮށްފައި، ކުކުޅުބިސް އަޅާފައި، އެއްކޮށްލާފައި މުރަނގަފަތްކޮޅު އެޅުން. މާ ހިކި ނަމަ ކުޑަ ފެންފޮދެއް އެޅިޔަސް ރަނގަޅު ވާނެ. ދެން ތަވައެއގައި ތެޔޮފޮދެއް ހާކާލައިފައި ފޮޅިތައް ފިހެލުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.