Last Updated: April 29, 22:11
Monday, April 29, 2024
ސިއްހަތު

ރޯދަ ރަހަ: ވަޅޯމަހު ގަރުދިޔަ

* ބޭނުންވާ ތަކެތި:

200 ގްރާމް ވަޅޯމަސް (ބޯކޮށް ކޮށާފައި)
6 ޖޯޑު ފެން
1 ފަޅި ފިޔާ (އާދައިގެ، ހަތަރު ފަޅިކޮށްފައި)
2 ލޮނުމެދު
2 ހިކި މިރުސް
10 ފުށް އަސޭމިރުސް
3 ތިކި ފިޝް ސޯސް (މަސް ރަހަ ގަދަ ކުރަން ބޭނުން ނަމަ)
ހިނކަދި ފަތް
ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފެނުގެ ތެރެއަށް ވަޅޯމަސް އަޅައިގެން، ލޮނު ލައިގެން މަޑު ގިނީގައި ކެއްކުން. ފަސް މިނިޓް ކެއްކުމަށް ފަހު ފިޔާ، ލޮނުމެދު، އަސޭމިރުސް، ހިކި މިރުސް އަޅައިގެން ތިން މިނިޓް ވަންދެން ކައްކާފައި (ބޭނުން ނަމަ ފިޝް ސޯސް އަޅާފައި) ލޮނު ހެޔޮވަރުކޮށްފައި ހިނކަދިފަތް އަޅާފައި މަތިޖެހުން. ހިނކަދިފަތް އަޅާނީ އުނދުން ނިއްވާލާފައި.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެެވެ.