Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޓްވިޓަ އާއި އެފްބީ އަޕްޑޭޓް ނުކުރެވެނީ އިންޓަނެޓް މައްސަލައަކާ ހެދި: ޕޮލިސް

އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނާ ބެހޭ މައުލޫމާތުތައް ޓްވިޓާ އާއި ފޭސްބުކްގައި އަޕްޑޭޓް ނުކުރެވި ލަސްވަމުން ދަނީ އިންޓަނެޓް ކަނެކްޝަނަށް ދިމާވި މައްސަލައަކާ ހެދި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިންޓަނެޓްގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވީހާ ވެސް އަވަހަކަށް ޓްވިޓާ އާއި އެފްބީގައި އޮޕަރޭޝަނާ ބެހޭ މައުލޫމާތުތައް އާންމު ކުރަމުން އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްވިޓާގައި އެންމެ ފަހުން އޮޕަރޭޝަނާ ބެހޭ މައުލޫމާތު އަޕްޑޭޓްކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.