Last Updated: April 29, 22:11
Monday, April 29, 2024
ސިއްހަތު

ރޯދަ ރަހަ: ކުކުޅު ގަރުދިޔަ

* ބޭނުންވާ ތަކެތި:

200 ގްރާމް ކުކުޅު މަސް (ކަށި ނެތް)
3 ޖޯޑް ފެން
4 ސްޕްރިންގް އަނިއަން (ކުދި ފިޔާގަސް)
6 އިންޗި ލެމަންގްރާސް (މެދުން ފަޅާފައި، ބުރިކޮށްފައި)
3 ލޮނުމެދު
1 ރޯ މިރުސް
10 ފުށް އަސޭމިރުސް
1 މޭޒުމަތީ ސައިސަމުސާ ސޯޔާ ސޯސް (ބޭނުން ނަމަ)
ލޮނު
ހިކަނދިފަތް

* ތައްޔާރު ކުރާނެ ގޮތް:

ފެނުގެ ތެރެއަށް ކުކުޅު މަސް އަޅާފައި، ލޮނު ލައިގެން ކެއްްކުން. މައްޗަށް އަރާ ގަރު (ފޮނު) ނަގަން ވާނެ. ގަރު އެރުން އެއްކޮށް ހުއްޓުނީމާ ސްޕްރިން އަނިއަން، ލޮނުމެދު، އަސޭމިރުސް، ލެމަންގްރާސް އަޅާފައި ކައްކާލުން. ބޮކި ޖަހައި ކެކެން ފެށުމުން ރޯ މިރުސް، ސޯޔާ ސޯސް އަޅާފައި ލޮނު ހެޔޮވަރު ކުރުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ޑިޝްއެކެވެ.