Last Updated: July 23, 09:36
Thursday, July 23, 2026
ވިޔަފާރި

އައްޑު އާއި ފުވައްމުލަކުގެ އުރީދޫ ހިދުމަތަށް ބުރުލެއް!

ރާއްޖޭގެ އެންމެ ދެކުނުން އައްޑު އާއި ފުވައްމުލަކުން އުރީދޫ ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުމުގައި ދަތިތައް ކުރިމަތި ވެދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ ހިދުމަތްތަކަށް ދިމާވެފައިވާ ކުއްލި މައްސަލައަކާ އައްޑު އާއި ފުވައްމުލަކު ސަރަހައްދުގައި އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާ ކަމަށެވެ.

އެހެންވެ ވީއެންމެ އަވަހަކަށް މައްސަލަ ހައްލު ކުރުމަށްޓަކައި އުރީދޫގެ ޓީމްތައް މަސަތްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

އައްޑު އާއި ފުވައްމުލަކަކީ އުރީދޫގެ ކަސްޓަމަރުން ގިނަ އަދަދަކަށް ތިބި ސަރަހައްދެކެވެ.