Last Updated: April 29, 22:11
Monday, April 29, 2024
ސިއްހަތު

ރޯދަ ރަހަ: ހަނާކުރި ބޯށި

* ބޭނުންވާ ތަކެތި:

1 ބޯށި
1 ގަނޑު ވަޅޯ މަސް (ކުޑަ، ކޮށާފައި)
ބައި ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
ބައި ސައިސަމުސާ ދިރި (މުގުރާފައި)
2 ލޮނުމެދު (މެދުން ފަޅާފައި، ކޮށާފައި)
1 ފިޔާ (ބޮޑު، ކޮށާފައި)
ރޯމިރުސް (މެދުން ފަޅާފައި) ނުވަތަ ހިކިމިރުސް (މެދުން ބުރި ކޮށްފައި)، ހިކަނދިފަތް، ރާނބާފަތް، ތެޔޮ، ލޮނު

* ތައްޔާރު ކުރާނެ ގޮތް:

(އާދައިގެ ސައިޒުގެ ބޯއްޓެއް ނަމަ) ހަ ޖޯޑު ފެނުގެ ތެރެއަށް އެއް ސައިސަމުސާ ލޮނު އަޅާފައި، އޭގެ ތެރެއަށް، ތުނިކޮށް ބޯށި ކޮށުން. ކޮށާފައި ހުރި ބޯށިތަކާ ހަމައަށް ފެންފޮދު ނާރާ ނަމަ، އިތުރަށް ފެން އެޅުން.
ބޯށިތައް ރަނގަޅަށް ދޮވެލުމަށް ފަހު ފެންފޮދު ވަކި ކޮށްލުން. ވަކި އެއްޗެއްގައި (ހިކަނދިފަތާއި ރާނބާފަތް އަޅައިގެން) ފިޔާ މީރު ކޮށްފައި، ނެގި ބޯށިކޮޅު އޭގެ ތެރެއަށް އަޅާލުން.

އެ އަށް ފަހު، ވަޅޯ މަސް، މިރުސް، އަސޭމިރުސް، ދިރި، ލޮނުމެދު އަޅާފައި، ރަނގަޅަށް އެއްކޮށްފައި، މަތި ޖަހާފައި، މަޑު ގިނީގައި ކެއްކުން. އެކަމަކު، ކައްކަމުންދާއިރު، ފުލުގައި ހިފިޔަ ނުދީ، ދޭތެރެދޭތެރެއިން (މަތި ނަގާފައި) އެއްކުރަމުން ގެންދިޔުން.

ބޯށިން ނުކުންނަ ފެންތައް ހިނދޭއިރު، ބޯށި ހުންނާނީ ރޯފިލާފައި. މަތި ނެގުމަށް ފަހު، ލޮނު ހެޔޮވަރު ކޮށްފައި، އެއްކުރަމުން، ފަސް މިނެޓެއް ހާއިރު ވަންދެން ކައްކާލުން. ކައްކަން ވާނީ މަޑު ގިނީގައި.

ނޯޓް: މިއީ ފޭސްބުކް "ރުމާ ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.