Last Updated: May 9, 16:46
Friday, May 9, 2025
ސިޔާސީ

އައިބީގެ ރޯދަ ވީއްލުމެއް ފޭދޫ ރައްޔިތުންނަށް

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ގެ ފަރާތުން ރައްޔިތުންނަށް ރޯދަ ވީއްލުމަށް ދެއްވަން ނިންމައިފި އެވެ.

ޕީޕީއެމުން ފޭދޫ ގޮފިން ބުނީ ރޯދަ ވީއްލުން އޮންނާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. މި ރޯދަ ވީއްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ފޭދޫ ބަނދަރުމަތީގަ އެވެ.

ރޯދަ ވީއްލުމަށް އަވަށުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަަމަށް އައިބީގެ ޓީމުން ބުންޏެވެ.

ރޯދަ ވީއްލުން ބާއްވާ ސަރަހައްދަށް ހަވީރު 5:45 އަށް ހާޒިރުވާން ވަނީ ދައުވަތު އަރުވައިފަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް އައިބީ އާއި އަނބިކަނބަލުންގެ ފަރާތުން ފޭދޫ ރައްޔިތުންނަށް ވަނީ ރޯދަ ވީއްލުމެއް ބާއްވައިފަ އެވެ.

ރޯދަ މަހު ފޭދޫ ރައްޔިތުންނާ ގުޅުން ބަދަހި ކުރެއްވުމުގެ ގޮތުން އައިބީ ފޭދޫގެ ޕީޕީއެމް މެމްބަރުންނާ އެކު ހަވީރު ސައިކަލް ބުރު ޖައްސަވަން ވެސް ނިކުމެވަޑައިގެން ރައްޔިތުންނާ އެކު ވަރަށް ބޮޑަށް އުޅުއްވާކަން ފާހަގަ ކުރެވެ އެވެ.