Last Updated: April 29, 22:11
Monday, April 29, 2024
ސިއްހަތު

ރޯދަ ރަހަ: ބަރަބޯ މަސްހުނި

* ބޭނުންވާ ތަކެތި:

250 ގްރާމް ބަރަބޯ (ސްޓީމްކޮށްފައި)
1/2 ޖޯޑު ކާށި ހުނި
1/2 ޖޯޑު ދަޅު ފެން މަސް
1 ފިޔާ (ކުޑަ، މެދުން ފަޅައި އަރިމަތިން ކޮށާފައި)
ލުނބޯ ފަޅިއެއް
ހިކަނދި ފަތް (ކޮށާފައި)
ގިތެޔޮ މިރުސް ނުވަތަ ރޯމިރުސް
ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފިޔާ، މިރުސް، ހިކަނދި ފަތް އެއްކޮށްފައި ލުނބޯ ހުތް ޖަހައިގެން މޮޑުން. އޭގެ ތެރެއަށް މަހާއި ހުނި އެޅުމަށް ފަހު، ރަނގަޅަށް އެއްކޮށްފައި ބަރަބޯ އަޅައިފައި ރަނގަޅަށް މޮޑެފައި ލޮނު ހެޔޮވަރު ކުރުން.

ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.