Last Updated: April 30, 06:17
Tuesday, April 30, 2024
ޚަބަރު

10 ވަރަކަށް ދުވަހުގެ ތެރޭގައި ބަހުގެ ހިދުމަތް ފަށަނީ!

އެމްޕީއެލުން ދެކުނަށް ހިދުމަތް ދޭން ގެނައި ބަހެއް. ފޮޓޯ: އެމްޕީއެލް

އައްޑޫގައި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ބަސް ދަތުރުގެ ހިދުމަތް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އައްޑު އާ އެކު ފުވައްމުލަކުގައި ވެސް ހިދުމަތް ފަށާނެ ކަމަށެވެ.

މިކަމަށް ބޭނުންވާ 13 ބަސް މިހާރު މާލެ ގެނެސް، އައްޑު އާއި ފުވައްމުލަކަށް ފޮނުވުމުގެ މަސައްކަތް އެމްޕީއެލުން ވަނީ ފަށައިފަ އެވެ.

އެ ކުންފުނިން ބުނީ އައްޑު އާއި ފުވައްމުލަކަށް ބަހުގެ ހިދުމަތް ދޭން ސްރީ ލަންކާ އިން ގެނެސްފައި ވަނީ ދެ ސައިޒްގެ ބަސްތަކެއް ކަމަށެވެ.

އެއީ 52 މީހުންގެ ޖާގަ އާއި 32 މީހުންގެ ޖާގައިގެ ބަސްތަކެވެ. މި ބަސްތަކަކީ ފިނިކުރި ބަސްތަކެކެވެ.

އެމްޕީއެލުން ބުނީ 13 ބަހުގެ ތެރެއިން ފުވައްމުލަކުގައި ބޭނުން ކުރާނީ ދެ ބަސް ކަމަށެވެ. އެއީ 32 މީހުންގެ ޖާގައިގެ ދެ ބަހެވެ.

ދެން ހުރި ބަސްތައް އައްޑޫގައި ބޭނުން ކުރާ އިރު، ވަކިން އޮންނަ ހުޅުމީދޫގައި ވެސް ބޭނުން ކުރާނީ ދެ ބަހެވެ. އެއީ 32 މީހުންގެ ޖާގައިގެ ދެ ބަހެވެ.

ބަސް ދަތުރުގެ ހިދުމަތް ދޭނީ ކުރިން ވެސް ހިދުމަތް ދިން އަގަށް ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ. އެއީ ކޮޅަކަށް 10ރ. އަށެވެ.