Last Updated: April 29, 22:11
Monday, April 29, 2024
ސިއްހަތު

ރޯދަ ރަހަ: ތޮރާ ކިރުގަރުދިޔަ

* ބޭނުންވާ ތަކެތި:

500 ގްރާމް (މަށާފައި މެދުން ފަޅާފައި ދެ އިންޗި ހުންނަ ވަރަށް ކޮށާފައި)
100 ގްރާމް ވަޅޯމަސް (ކޮށާފައި)
2 ޖޯޑު ކާށިކިރު
3 ޖޯޑު ފެން
1 ފިޔާ (އާދައިގެ، މެދުން ފަޅާފައި އަރިމަތިން ބޯކޮށް ކޮށާފައި)
3 ލޮނުމެދު (ފަޅާފައި)
1/2 އިންޗި އިނގުރު (ކޮށާފައި)
ރޯމިރުސް، އަސޭމިރުސް، ހިކަނދިފަތް، ރާނބާފަތް، ރީނދޫ، ޓޮމާޓޯއެއް ނުވަތަ ހުތް އަނބު ފަޅިއެއް، ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ތޮރަ އާއި ވަޅޯމަސް ފެނުގައި މަތި ޖަހައިގެން މަޑު ގިނީގައި ދިހަ ވަރަކަށް މިނިޓް ވަންދެން ކެއްކުން. ފިޔަ އާއ ލޮނުމެދާއި އިނގުރާއި މިރުހާއި ހުސް އަނބާއު އަސޭމިރުސް އެޅުން.
ރަނގަޅަށް އެއްކޮށްފައި ރީނދުލާއި ބޯކިރާއި ރާނބާ ފަތް އެޅުން. ރަނގަަޅަށް ކެކި ގަތީމައި ހިކަނދި ފަތް އެޅުމަށް ފަހު ލޮނު ހެޔޮވަރު ކުރުން.

ނޯޓް:
މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.