Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

އަކްޝޭއަކީ ނޭވީއެއް، މިއޮތީ ޓްރެއިލާ

އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމް "ރުސްތުމް" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރާ މި ފިލްމުގައި އަކްޝޭ ފެނިގެން ދާނީ އިންޑިއާގެ ނޭވީއެއްގެ ރޯލުންނެވެ.

ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ "ރުސްތުމް" ގައި އަކްޝޭ އާ އެކު އިލިއާނާ ޑި ކްރޫޒާއި އީޝާ ގުޕްތާ ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޓީނޫ ސްރޭޝް ދެސާއީ އެވެ.

އޮގަސްޓް މަހުގެ 12 ގައި "ރުސްތުމް" ސިނަމާތަކަށް އަންނަ އިރު، މި ފިލްމް މި ފަހަރު ބޮކްސް އޮފީހުގައި ރިތިކް ރޯޝަންގެ ޕީރިއަޑް ޑްރާމާ "މޮހެންޖޮ ދާރޯ" އާ ހަނގުރާ ކުރާނެ އެވެ.