Last Updated: May 9, 23:24
Thursday, May 9, 2024
ޚަބަރު

އެމްޕީއެެލުން ހިތަދޫގައި ގެސްޓް ހައުސްއެއް އަޅަނީ

ހިތަދޫގައި 100 އާއި 200 އެނދާ ދެމެދު އަދަދަކަށް އެނދު ހިމެނޭ ގެސްޓް ހައުސްއެއް ތަރަައްގީ ކުރަން ނިންމާފައިވާ ކަމަށް އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ހިތަދޫގައި ގެސްޓް ހައުސްއެއް އަޅަން ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑަށް އެދިވެޑައިގެންފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުމަކީ ގެސްޓް ހައުސްގެ މައިގަނޑު ބޭނުން ކަމަށެވެ.

އެހެން ނަަމަވެސް އެ މަޝްރޫއު ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ،

"އައްޑޫ އާއި ފުވައްމުލަކުގައި ދޭ ދަތުރުފަތުގެ ނިޒާމު ހިންގަނީ ކުންފުންޏަށް ފައިދާތަކެއް ލިބޭ ގޮތަކަށް ނޫން. ގެއްލުމުގައި. ނަމަވެސް ގެސްޓް ހައުސް ހެދީމަ ގެއްލުން ކުޑަ ވެގެން ދާނެ،" ޖުނައިދު ވިދާޅުވި އެވެ. "މީގެ އިތުރުން ވަޒީފާގެ ފުރުސަތު ވެސް އުފެދިގެންދާނެ. މީގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުން ކުޑަ ވާނެ."

ޖުނައިދު ކުރިން ވަނީ އެމްވީކޭ އަށް ގަމުން ދީފައިވާ ކުރީގެ ދޫގަސް ގެސްޓް ހައުސް ސަރުކާރުން އެމްޕީއެލް އާ ހަވާލުކޮށްފި ނަމަ އެތަނުގައި ވެސް ފެންވަރު ރަނގަޅު ގެސްޓް ހައުސްއެއް ހިންގަން ޝައުގުވެރިކަން ހުރ ކަމަށް ވިދާޅުވި އެެވެ.

ހިތަދޫގައި މިހާރު ވެސް ޖުނައިދު އަމިއްލަ ވިޔަފާރި ކުންފުނި އޮންދިގޯ އިން ހިންގާ ގެސްޓް ހައުސްއަކާއި ފިހާރައެއް ވެސް ހުރެ އެވެ.